ކެންދޫ ދާއިރާގެ މްނެބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ މްނެބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ޖުމްހޫރީ ޕާޓީގެ ޕްރެޝަރެއް ނެތް ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރަށްވަނީ ވަރަށް މިނިވަންކޮށް ކަމަށާއި، ވަކި ގޮތަކަށް ވޯޓެއް ލުމަށްވެސް އަދި ވަކި ގޮތަކަށް މަޖިލީހުގައި މަސައްކަތްކުރުމަށްވެސް އެ ޕާޓީގެ ޕްރެޝަރެއް ނެތް ކަމަށެވެ.

ޖޭޕީގެ އިސް ބައެއް ބޭފުޅުން އެޕާޓީން ވަކިވެވަޑައިގެން އައު ޕާޓީއެއް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޢަލީ ޙުސައިން ވިދާޅުވީ، ޕާޓީ ބަދަލުކުރުމުގެ ވިސްނުމެއް އޭނާގެ ނެތްކަމަށާއި، މަޖިލީހުގައި އޭނާ މަސައްކަތްކުރަށްވަނީ އަމިއްލަ ޙައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވާ މެންބަރުންވެސް ޢަމަލު ކުރަށްވާ އުސޫލުން ކަމަށެވެ. ނަމަވެސް ކޮންމެ ވަގުތަކުވެސް ކަންތައްތައް ބަދަލުވެދާނެ ކަމަށާއި، އޭނާގެ ސިޔާސީ މުސްތަޤްބަލް ކަނޑައަޅުއްވާނީ ރާއްޖޭގެ ސިޔާސީ ވެއްޓަށް އަންނަ ބަދަލުތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.

"މިހާ މިނިވަންކޮށް އަޅުގަނޑަށް ހުރެވޭ އިރުގައި ޕާޓީ ބަދަލު ކުރާކަށް އަދިއެއް އަޅުގަނޑުގެ ވިސްނުމެއްނެތް." ޢަލީ ޙުސައިން ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އާއި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވަނީ ފައްޓަވާފައެވެ. މަޖިލީހުގައި މިވަގުތު ތިއްބެވީ ޖޭޕީއަށް ނިސްބަތްވާ 3 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން