ދަތުރުފަތުރުގެ ޚިދުމަތްދޭ ފެރީއެއް | ރަސް ފޮޓޯ
ދަތުރުފަތުރުގެ ޚިދުމަތްދޭ ފެރީއެއް | ރަސް ފޮޓޯ
ކޯވިޑް ވެކްސިން ޖަހާފައިނުވާ މީހުންނަށް ރާއްޖޭގެ އެތެރޭގެ ދަތުރުކުރުމުގެ ޚިދުމަތް ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމުންނާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ހިދުމަތްދޭ ފަރާތްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން، ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެއެވެ. އަދި ބަލި އުޅޭ ރަށަކުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ދަތުރުކުރާ ނަމަ ކަރަންޓީންވާން ޖެހޭ ޖެހުމަށް ބަދަލެއް ނާންނާނެ ކަމަށާއި، ކަރަންޓީނު ވުމަށް ފަހު ނަގާ ރިލީޒް ސާމްޕަލް ދެން ނެގޭނީ އަމިއްލަ ޚަރަދުގައި ކަމަށް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން