ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖް
ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖް
ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ފަރާތްތަކަށް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މެންބަރު މޫސާ ސިރާޖު މި މޭރުމުން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ މައްޗަށް ހުކުމް އިއްވީ މަޖުބޫރީ ހާލަތެއްގައި ނުފޫޒު އޮވެގެންކަމަށް ދޭހަވާ ގޮތަށް ހުކުމް އިއްވި ފަނޑިޔާރުން ކަމަށް ބެލެވޭ ބަޔަކު ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވާ ދަނޑިވަޅެއްގައެވެ.

މަޝްހޫރު ޤާނޫނީ ވަކީލް މޫސާ ސިރާޖް މިއަދު ވިދާޅުވީ، ފަނޑިޔާރުގެއަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ނުފޫޒަށް ލެބޭ ފަނޑިޔާރުންވެސް ފަނޑިޔާރު ކަމުން ވަކިކުރަންޖެހޭ ކަމަށެވެ.



ކުރީގެ ރައީސް އަބުދުﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެމައްސަލަ ވަކިގޮތަށް ނިއްމުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ އޯޑިއޯތަކުގެ މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ. ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތަށް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން