ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ހުރަސް ކުރިމަތި ނުވެ އިދިކޮޅު ބޭފުޅުންނަށް ރައީސް އޮފީހަށް ވަދެވޭ ކަމީ ވަރަށް ބޮޑު ހެވެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ ރައީސް ސާލިހާއި ބައްދަލުކުރުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ވައްޑެ ވިދާޅުވީ، "ހުރަސް ކުރިމަތި ނުވެ އިދިކޮޅު ބޭފުޅުންނަށް ރައީސް އޮފީހާ ހަމައަށްވެސް މިހާރު ވަދެވޭ ކަމީ ވަރަށް ބޮޑު ހެވެއް." ކަމަށެވެ. ވައްޑެ ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި މަގުމަތިން މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފުލުހުން ހުރަށް އަޅާ ފޮޓޯ އެއްވެސް ޙިއްސާ ކުރަށްވާފައެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް ވަޑައިގެން އެ އޮފީހުގެ ބޭރުގައި ހުންނަވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް އެބޭފުޅުން ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފުވެވަޑައިގެންފައި ވާތީ އެކަން ހަނދުމަފުޅު ކޮށްދެއްވައި ރީތި ގޮތުގައި އިސްތިއުފާ ދެއްވަން އެދުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން