ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ. މުޙައްމަދު އިޔާޒް
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ. މުޙައްމަދު އިޔާޒް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރިޝްވަތު ދިނުންފަދަ މުޑުދާރު ކަންތައް ނުކުރާނެ ކަމަށް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މި މޭރުމުން ވިދާޅުވެފައިވަނީ، ވަކި ގޮތަކަށް ޙުކުމްކުރަން އެދި، ރިޝްވަތާއި، މަތީ މަޤާމާއި، ހަދިޔާ ދޭނެކަމަށް ބުނެ ވަޢުދުވެ، ފަނޑިޔާރުންނަށް ގުޅައި ހަދަނީ ރައީސް އޮފީހުގައި އުޅޭ ކުއްޖެއް ކަމަށް ޑރ. ޝަހީމް ތުހުމަތު ކުރަށްވާފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޑރ. އިޔާޒް ވިދާޅުވީ، ކުރީގެ ސަރުކާރުން އެފަދަ ކަންތައް ކޮށްފައި ހުރުމުން، އެހެން މީހުންވެސް އެގޮތަށް ކަންތައް ކުރާނެހެން ޑރ. ޝަހީމަށް ހީފުޅުވަނީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެފަދަ މުޑުދާރު ކަންތަކެއް ނުކުރައްވާނެ ކަމަށް ވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.



އިސްލާމް ދީނުގެ އިލްމު ވެރިޔާ ޑރ. އިޔާޒު މިހެން ވިދާޅުވުމުން އޭނާއަށް ރައްދު ދެއްވާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ރުހުމުގެ ލޮލަށް އައިބު ނުފެންނަ ފަދައިން އިޔާޒަށް މި ސަރުކާރުން ކުރަމުންދާ މުޑުދާރު ވައްކަންތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް ރިޕޯޓްތައް ނެރޭ މީހުންނަށް ހިމާޔަތްދީ އެމީހުންނަށް މަތީ މަގާމުތައްދީ ރޭޕްކޮށް ޖިންސީ ގޯނާކޮށް ހަދާ މީހުންނަށް ހިމާޔަތްދީ ގާތް މީހުންނަށް ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާ ބަހައި ހުސްކުރާތަން ހަމަ ފެނިވަޑައި ނުގަންނަވަނީ ކަމަށެވެ.

ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރަން އެދި، ރިޝްވަތާއި މަތީ މަގާމް ހަދިޔާ ދޭނެކަމަށް ބުނެ ފަނޑިޔާރުންނަށް ގުޅަނީ ރައީސް އޮފީހުގައި އުޅޭ "ކުއްޖެއް" ކަމަށެވެ. އަދި އެމީހަކު އެކި ކޯޓުތަކަށް ގުޅާ ވާހަކައަކީ މަޝްހޫރު ވާހަކައެއްކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ، ޝަހީމް ސުވާލުކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު މިއަދު ވިދާޅުވެފައިވަނީ، ޑރ. ޝަހީމް ތުހުމަތުކުރާ ފަދަ އޯޑިއޯއެއް ނޯންނާނެ ކަމަށާއި، އެފަދަ އޯޑިއޯއެއް އޮތްނަމަ ހާމަކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ޢަލީ ޒާހިރު އެފަދަ ޢަމަލެއް ނުހިންގަވާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އޮތްކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެއެވެ.

ރައީސް ޔާމިންގެ މައްޗަށް ހުކުމް އިއްވީ މަޖުބޫރީ ހާލަތެއްގައި ނުފޫޒު އޮވެގެންކަމަށް ދޭހަވާ ގޮތަށް ހުކުމް އިއްވި ފަނޑިޔާރުން ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ގެ މައްސަލަ ޖޭއެސްސީން މިހާރު ވަނީ ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން