ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ރައީސް ޔާމީނަކީ ޙުކުމެއް އިއްވާފައިވާ ގައިދީއެއް ކަމަށާއި، ވީއެންމެ އަވަހަކަށް އެމަނިކުފާނު ޖަލަށް ގެންދިއުމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

މެންބަރު ނިހާދު މިމޭރުމުން ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ޤަރާރެއް ފާސްކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މެންބަރު ނިހާދު ވިދާޅުވީ، ޤައިދީން މިނިވަން ކުރުމުގެ މަސައްކަތަކީ ކްލެމެންސީ ބޯޑުން ކުރާ ކަމެއް ކަމަށެވެ.

ކޯވިޑް-19 އިން ދިފާއުވުމަށް ގިނަ ބަޔަކު މިހާރު ވެކްސިން ޖަހާފައިވާތީ، ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދަންޖެހޭ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި އެއީ މަސްލަޙަތު އެންމެ ރަނގަޅުގޮތްކަމަށް ވެސް މެންބަރު ނިހާދު ވިދާޅުވިއެވެ.

ފަނޑިޔާރުންކަމަށް ބެލެވޭ ބައެއްގެ އޯޑިއޯއެއް ލީކުވެފައިވާތީ އެކަމާ ގުޅޭގޮތުން ނިހާދު ވިދާޅުވީ، އެ އޯޑިއޯ އަކީ ފައިސާދީގެން ފަނޑިޔާރުންގެ އަގު ވައްޓާލަން ހިންގާފައިވާ ޢަމަލެއް ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް އާދޭސް ދަންނަވާކަމަށް ނިހާދު ވިދާޅުވިއެވެ.

"ބޮޑު ވަގަކު ސަލާމަތްކުރަން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ މަޤުސަދުގައި ހިންގަނީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް." މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.



ނިހާދު އިތުރަށް ވިދާޅުވީ، ދިވެހި ފަނޑިޔާރުގެތަކާއި ފަނޑިޔާރުންގެ އަގު ވައްޓާލުމަށް އޯޑިއޯތައް ހަދައި ފިތުނަ ކުރުމަށް ނޫސް ކޮންފަރެންސްތައް ބާއްވައި ދޮގު ޚަބަރު ފަތުރާ މީހުން ހުއްޓުވުމަކީ ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ލީކުވެފައިވާ އޯޑިއޯ ތަކުގައި ވާހަކަ ދައްކަވާ ކަމަށް ބުނާ ފަނޑިޔާރުން މިރޭ ވަނީ އެއީ އެބޭފުޅުންގެ އަޑު ނޫންކަމަށް ބުނެ އެ އޯޑިއޯތަކުގައި ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އެކަމާ ގުޅިގެން ނިހާދު ވަނި އިދިކޮޅު ކޯލިޝަންގެ ޑްރާމާ އަތަށް ގޮވައިކަމަށާއި، ފޭކް ޑްރާމާ ކުޅެގެން ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޞެއްޔާ

03-Sep-2021

ރޔ. ޢަކީ ކަލޭ ކަހަލަ ނުކިޔަވާ ހުރި , ގަމާރު , ޖާހިލު, ފައިސާ އަށް ކަޓާ މިހެއް ނޫން!! ޢެއީ އެތައްބައެއގެ ހިތުން ލޯބި ހޯދައިފައިވާ ބޭފުޅެއް!! މައްސަލަ ބަލަންޏާ ކަލޭގެ މައްސަލަ ވެސް ބަލަން ޖެހޭނެ!!



ޓްރެންޑިން