ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން
"ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން ޖުމްހޫރީ ޕާޓީއަށް 500 މެންބަރުން މިރޭ ގުޅިއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މުޖުތަމަޢުގެ އެކި ފަންތިތަކުގައި ޙަރަކާތްތެރިވާ ބޭފުޅުން ހިމެނެއެވެ.

މިޖަލްސާގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި، ދައުރު ދެބައިވާއިރަށް ބަރުލަމާނީގެ ވާހަކަ ދައްކާ ސަބަބު ދިވެހިންނަށް އޮޅިފައި ނުވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ މުޅި އޮޑީގައި އޮންނާނީ ޙަސަނުގެ ދެފައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅާގެ އެއްވެސް ޒިންމާއެއް ނޯންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްވެސް ކޮމިޓީއެއްގެ މުޤައްރިރުކަމާއި، ނައިބު މުޤައްރިރުކަންވެސް ނޯންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވާތީ އެހެން މީހަކު ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ޢާއްމު މެންބަރުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން