މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީސް އިންތިޚާބު ކޮށްފިއެވެ.

ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބުގައި 18 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. 120 މެންބަރުން ޙާޟިރުވި ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ފަނޑިޔާރުންގެ މަޖިލީސް އިންތިޚާބު ކޮށްފައިވަނީ ސިއްރު ވޯޓަކުންނެވެ.

މިރޭގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު 77 ވޯޓު، އަހުމަދު ރިޝްވާން 71 ވޯޓު، އިބްރާހިމް މުހައްމަދު ދީދީ 67 ވޯޓު، އަހުމަދު މައުރޫފް 67 ވޯޓު، ފާތިމަތު އިނާޝާ 66 ވޯޓު، ހުސައިން ރަޝީދު 66 ވޯޓު، އާދަމް މާހިރު 65 ވޯޓު، އަހުމަދު ނިޝާދު 64 ވޯޓު އަދި ނައުޝާދު އަބްދުލް އަޒީޒް 63 ވޯޓު އެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީސް މިރޭ އިންތިޚާބު ކޮށްފައިވާއިރު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު އަންނަ ސެޕްޓެންބަރު މަހު ބާއްވާނެކަން އެޕާޓީން ވަނީ އިޢުލާނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން