ޔުނައިޓެޑް އެރެބް އެމިރޭޓްސް
ޔުނައިޓެޑް އެރެބް އެމިރޭޓްސް
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫ ދާބީއަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

ޔޫއޭއީގެ ގްރީން ލިސްޓުން އެންމެ ފަހުން ރާއްޖެ އުނިކޮށްފައިވަނީ މިމަހުއެވެ. ނަމަވެސް އަންނަ މަހުގެ ގްރީން ލިސްޓުގައި ރާއްޖެ އަނެއްކާވެސް ވަނީ ހިމަނާފައެވެ. ޔޫއޭއީ ގެ ގްރީން ލިސްޓުގައި 55 ގައުމެއް ހިމެނޭއިރު، އެލިސްޓުން މި އަހަރުގެ ފެބްރުއަރީގައި ރާއްޖެ އުނިކުރުމަށް ފަހު އަލުން އެ ލިސްޓަށް ރާއްޖެ އިތުރުކުރީ ޖުލައި މަހުގެ ތެރޭގައެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މި ނިންމުމާއެކު މާދަމާ އިން ފެށިގެން ރާއްޖެއިން ޔޫއޭއީ އަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހެއެވެ.

އަބޫދާބީގެ ގްރީން ލިސްޓުގައި އަލުން ރާއްޖެ ހިމަނާފައިވާއިރު، ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްވަނީ ލުއިތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން