ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (މ)
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (މ)
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހު އެކަކާ ހަމަ އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައިވެއެެވެ. މިއީ ކުއްލި ނުރައްކަލުގެ ޙާލަތު ދިގު ދެންމުމަށް ނިންމި 18 ވަނަ ފަހަރެެވެ.

ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެން ނަމަވެސް ކޮޮވިޑް ކޭސްތައް އަތޮޅު ތެރޭގައި ބައެއް ރަށްރަށުގައި ވަނީ އިތުރުވެފައެވެ. އެޗްޕީއޭ އިން ބުނީ މިހާރު ވެސް 17 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތް ކަމަށެވެ.

ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްވާން ފެށުމާއެކު ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެެވެ. އޭގެތެރޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ އާއެކު ކަރަންޓީނާއި ނުލައި ދަތުރުކުރުން ހިމެނެއެެވެެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފަައިވަނީ އާބާދީގެ 85 އިންސައްތަ މީހުންނެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފާފައި އޮތީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާބާދީގެ 90 އިންސައްތަ މީހުންނަށް ޖެހުމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،182 އަށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 383،620 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން