އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅީ އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް މަޙްލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުޅުވާލި ފުރުޞަތުގައި މަޙްލޫފްވަނީ އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާ އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް އެ ޕާޓީން އާންމުކުރިއިރު މަޙްލޫފްގެ ނަންވަނީ އުނިކޮށްފައެވެެ. މަޙްލޫފް ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން މަޙްލޫފް މިރޭ ވިދާޅުވީ، މަޙްލޫފަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފައިވާ މައްސަލައިގައި އެއީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވާގޮތަށް، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމެނިފައިވާ ޝަރުތެއް ނޫންކަމަށް އިލެސްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނާ ޙަވާލާދީ މަޙްލޫފް ވިދާޅުވީ، "ޝަރުތެއް ކުރެވޭނީ އަސާސީ ގަވާއިދު އިސްލާހުކޮށް ނޫނީ ހަދާ ގަވައިދެއްގެ ދަށުން" ކަމަށެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި، ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާއިން މަޙްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައިވެއެވެ. އަދި އެމައްސަލާގައި ދައުވާ ކޮށްދިނުން އެދި އޭސީސީން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާތީ މިވަގުތުވެސް މަޙްލޫފް ހުންނެވީ ވަޒީރުކަމުގެ މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން