ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ)
އެމްޑީޕީގެ އޮފީހުގައި ޢަދާލަތު ޕާޓީގެ ބޭފުޅުން ނުތިއްބަވާނެ ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިރޭ ރައްދު ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތާއި ގުޅޭގޮތުން ފެތުރިގެން އުޅޭ އޯޑިއޯތަކުގެ މައްސަލައިގައި އެމްޑީޕީގެ އެންމެ އިސްލީޑަރާ ބައްދަލު ކުރުމަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައްދަލު ކުރެއްވީ ޢަދާލަތު ޕާޓީގެ ބޭފުޅެއް ކަަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރާއި، އެމްޑީޕީގެ ރައީސާއި ބައްދަލު ކުރުމަށް ދާނީ އެމްޑީޕީގެ އޮފީހަށް ކަމަށާއި، އެ އޮފީހުން ޢަދާލަތު ޕާޓީގެ ބޭފުޅަކާ ދިމާ ނުވާނެ ކަމަށެވެ. އަދި ރައީސް އޮފީހުގައި އިންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މީ މުލިއާގޭގަ ޕީޕީއެމް ހިންގައި، ޗޮކްލެޓް ޕެކް ކުރާ ޒަމާނެއް ނޫން." ރޮޒޭނާ ވިދާޅުވެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް ވަޑައިގެންނެވުމުން އެބޭފުޅުންނާ ބައްދަލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ. އެ ބައްދަލު ކުރެއްވުމުގައި ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި އިދިކޮޅުން ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމަށެވެ.

އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ.

ފެތުރިފައިވާ އޯޑިއޯތަކަށް ފަނޑިޔާރުން އިންކާރު ކުރަށްވާފައިވާއިރު، އެބޭފުޅުންގެ އޯޑިއޯ ސާމްޕަލް ފުލުހުން މިހާރު ވަނީ ނަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން