އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން އިންޑިއާއަށް ފާޑު ކިޔާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ އިންޑިއާގެ ސިޔާސަތުތަކަށް ފާޑުކިޔައި، އިންޑިއާގެ ސަބަބުން ރާއްޖެ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާއިން މަސައްކަތްކުރަނީ ދިވެހިން އަޅުވެތި ކުރުމަށް ކަމަށް ބުނެ އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް އިދިކޮޅުން ވަނީ ފާޑުކިޔާފައިވެއެވެ.
އެކަމާ ގުޅިގެން އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވާ ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވައްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަ ދެއްކުމަކީ ކަންބޮޑުވުން އިތުރުވާކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމު ކަމަށާއި، އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި ވެސް އެންމެ އިސް ދައުރެއް ކުޅޭ ގައުމަކީ އިންޑިއާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ އަބްދުއްރަޙީމް ވަނީ، އިންޑިއާއިން ރާއްޖޭގައި ބައިތިއްބާފައިތިބި ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުވެސް ގެންދިއުމަށް އަދުރޭ ގޮވާލެއްވިއެވެ. އޭގެ އިތުރުން 2018ގެ އިންތިޚާބުވެސް އިންޑިއާއާއި ގުޅިގެން ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް އަދުރޭ ވަނީ ތުހުމަތު ކޮށްފައެވެ.
އިދިކޮޅުން އިންޑިއާއަށް ވަރަށްބޮޑަށް ފާޑުކިޔާފައިވާއިރު، އިންޑިއާގެ އެހީތެރިކަމާއެކު މި ސަރުކާރުން ހިންގާ ތަރައްޤީގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

PPM ge aanmu jalsa thakuga avatteri qawmthakah nisbaikoh kudaimees basthakun vaahaka dhakkavakamee kanboduvun ithuruva kameh. India akee zamaanuhsureh Raajje ah enme eheetherivaa qawm. Adhi India kanduge sulha belehettumuga enme isdhaureh kuley qawm.
— Mohamed Nasheed (@MohamedNasheed) September 4, 2021
ރޭގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ އަބްދުއްރަޙީމް ވަނީ، އިންޑިއާއިން ރާއްޖޭގައި ބައިތިއްބާފައިތިބި ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުވެސް ގެންދިއުމަށް އަދުރޭ ގޮވާލެއްވިއެވެ. އޭގެ އިތުރުން 2018ގެ އިންތިޚާބުވެސް އިންޑިއާއާއި ގުޅިގެން ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް އަދުރޭ ވަނީ ތުހުމަތު ކޮށްފައެވެ.
އިދިކޮޅުން އިންޑިއާއަށް ވަރަށްބޮޑަށް ފާޑުކިޔާފައިވާއިރު، އިންޑިއާގެ އެހީތެރިކަމާއެކު މި ސަރުކާރުން ހިންގާ ތަރައްޤީގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު