ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ސްޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމަށް ދަޢުލަތުގެ ބަންޑާރަނާއިބު ނިންމަވައިފިއެވެ.
ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ހުކުމްކުރީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި އެރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ. ދައުލަތަށް ރައްދުވާ ގޮތަށް ހުށައެޅި އެމައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިން މިލްކު ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށް އެ ހުކުމްގައި ބުނެފައިވެއެެވެ.
ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ބަންޑާރަ ނާއިބު މިހާރު ވަނީ ނިންމަވާފައެވެ. ކައުންސިލްތަކުގެ ޤާނޫނު ބުނާގޮތުން ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދާ ގުޅުންހުރި މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލަ ނަމުގައި ދަޢުވާކޮށް ދަޢުވާތަކަށް ޖަވާބުދާރީވެސް ވެވޭނެއެވެ.
ނަމަވެސް ފެންފުށީ މައްސަލައިގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޭޖީ އޮފީހަށް ޖަވާބުދާރީ ވާން ކޯޓުން އެންގި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސިއްޔަތަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ. މި މައްސަލައަކީ ރައްޔިތެއްގެ ފަރާތުން އެ ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށްވެފައި، ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނެތިގެން އެ މައްސަލަ ކޯޓުން ބޭރުވެގެން ނުދާނެ ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހަވާލާދީ ބަންޑާރަނައިބަށް ދައުލަތް ތަމްސީލުކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ގާނޫނަށް ދިން ތަރުޖަމާއަކީ ގާނޫނުސާސީއާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ދައުލަތުގެ އާންމު މަސްލަަހަތު ހިމެނޭ އެބާވަތުގެ މައްސަލަތަކުގައި ބަންޑާރަނާއިބާއި ކައުންސިލްތަކާ ދެމެދުގައި އޮންނަންޖެހޭ އިދާރީ ގުޅުން ތަންޒީމު ކުރުމަކީ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަންޖެހޭ ކަމެއް ކަމަށްވެސް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު