މީގެއަހަރުތަކެއް ކުރީން އުވާލާފައިވާ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ބަންދުން ދޫކޮށްލާފައި ވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ވެސް ކުރަމުންދާ މަސްއޫދަށް ހަމަލާދިން މީހާ އަކީ މިދިޔަ ޑިސެމްބަރު މަހު ލ. އަތޮޅުގައި ދުއްވާ މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.
އާއްމްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. މިހާދިސާގައި މަސްއޫދުގެ އަތަށް އަނިޔާވެގެން ފަރުވާ ހޯދާފައި ވެސް ވެއެވެ. އަނބިކަނބަލުންނާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މަސްއޫދަށް ހަމަލާދިން މީހާ ދަނގަނޑު ބުރިން ޖަހަން އުޅުނީ މަސްއޫދުގެ ބޮލުގައެވެ. ނަމަވެސް ހަމަލާ ދިންވަގުތު އޭނާގެ އަތް ދިއްކުރުމުން ހަމަލާ ބޮލަށް ނާރާ ސަލާމަތްވީއެވެ.
މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަންވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު