ސޯޝަލް މީޑިއާ އެކްޓިވިސްޓް ޅ. ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާގޮންގް) ރާއްޖެއިން ބޭރުގައި ހުއްޓާ ހައްޔަރުކުރި މައްސަލަ އިންތިގާލީ އިންސާފު އޮފީހަށް ހުށަހަޅައިފިއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދިޔަ ތަހުގީގަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ލަންކާގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ ލަންކާގައި ދިވެހި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
ޝުމްބާގެ ވަކީލް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ވިދާޅުވީ، ޝުމްބާ ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.
ޝުމްބާ ހުށަހެޅި މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ސްރީލަންކާއަށް އޭރު ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރާއި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި، އޭރުގެ އޭސީޕީ އާދަމް ނަވާޒާއި ފަސްޓް ސެކްރެޓަރީ ހަސަން އާދަމް އަދި ކާނަލް އަހްމަދު ގިޔާސް އާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް ވަނީ އެދިފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ.

ޅ.ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފް ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު @OTJ_mv އަށް ހުށަހަޅައިފިން.
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) September 13, 2021
ޝުމްބާ ހުށަހެޅި މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ސްރީލަންކާއަށް އޭރު ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރާއި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި، އޭރުގެ އޭސީޕީ އާދަމް ނަވާޒާއި ފަސްޓް ސެކްރެޓަރީ ހަސަން އާދަމް އަދި ކާނަލް އަހްމަދު ގިޔާސް އާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް ވަނީ އެދިފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ.
ކިޔުންތެރިންގެ ހިޔާލު