ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ބޭރުގެ ދެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ، މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައިވަނީ، ސެޕްޓެމްބަރ 11 ވަނަ ދުވަހު 17:55 ހާއިރު ކަމަށާއި، ދެވަނަ ބޯޓު ފެނިފައިވަނީ ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 5:34 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިއޮޕަރޭޝަން ހިންގުމުގައި އަސުރުމާ-3 ދޯނިން އެމްއެންޑީއެފް އަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ބޯޓުތައް ނިސްބަތްވާ ޤައުމާއި، މި އޮޕަރޭޝަނާގުޅޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Dhevana boat fenifaivanee Sep 12 vana dhuvahuge 05:34 haairu. Mi operation kuriyah gendhiyumugai "Asurumaa 3" dhoanin MNDF CG ah vaanee varah bodu eheetherikameh libifa. pic.twitter.com/xlGWLdbudc
— Maldives National Defence Force (@MNDF_Official) September 13, 2021
މި ބޯޓުތައް ނިސްބަތްވާ ޤައުމާއި، މި އޮޕަރޭޝަނާގުޅޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު