ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ކޯވިޑް ގައި މިއަދު ނިޔާވެފައި ވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު ހަވީރު ގދ.ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ މި މީހާގެ މަރާއެކު ތިނަދޫން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 228 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 211 ދިވެހިންނާ 17 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައްވެސް ވަނީ ބޮޑުތަނުން ދަށައް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން