ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ކޯވިޑް ގައި މިއަދު ނިޔާވެފައި ވަނީ ހދ. ނައިވާދުއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާ ނިޔާވެފައިވަނީ، ރޭ މެންދަމު 3:02ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 211 ދިވެހިންނާ 19 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިދިޔަ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައްވެސް ވަނީ ބޮޑުތަނުން ދަށައް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު