ދެކުނުގެ ފަތުރުވެރިކަން ރަނގަޅުކުރެވޭނީ އައްޑޫ އެއަރޕޯޓް އިތުރަށް ހުޅުވާލައިގެން ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
އައްޑޫގެ އިޤްތިޞާދު މަޑުޖެހި, އެ ސިޓީއަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ބަންދުވެފަައިވާތީ އައްޑޫ ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޙައްލެއް އޮތްކަމަށާއި, އެޙައްލަކީ އައްޑޫ އެއަރޕޯޓްގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފުން ކަމަށް ފިރާޤް ވަނީ ވިދާޅުވެފައެވެ.
ފިރާޤު ވިދާޅުވީ, އައްޑޫގެ އިޤްތިޞާދު ކުރިއެރުވޭނީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވިގެން ކަމަށާއި, އަދި އެކަން ކުރެވެން އޮތީ އައްޑޫ އެއަރޕޯޓް މިހާރަށްވުރެ ބޮޑަށް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ތެޔޮ އެޅުމަށް ނުވަތަ ޕާކް ކުރަން ނަމަވެސް އައްޑޫ އެއަރޕޯޓްގެ ބޭނުން ހިފުމަށް ފިރާޤްވަނީ ގޮވާލާފައެވެ.
"ރާއްޖޭގައިވާ އެންމެ ދުވަސްވީ އެއަރޕޯޓަށް މަތިންދާ ބޯޓު ތެޔޮ އަޅަން ނުވަތަ ޕާކް ކުރަން ނަމަވެސް ފްލައިޓްތައް މާލޭގެ ބަދަލުގައި ބޭނުން ކުރަން ޖެހޭ." ފިރާޤު ވިދާޅުވެފައިވެއެވެ.
އައްޑޫގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވީ، އަންނަ އަހަރު ލޯކަލް ޓޫރިޒަމްގެ ތެރެއިން "ހޯމް ސްޓޭ" އަށް ޖާގަ ދިނުމުން އައްޑޫ ސިޓީގައި އެކަށީގެންވާ ވަރަކަށް އެނދު ހުންނާނެ ކަމަށެވެ. އޭރުން އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިއަށްދާން ފަށާނެ ކަމަށާއި، ޓޫރިޒަމް ބާރަށް ކުރިއަށް ގެންދަން މިހާރު ބަންދުކޮށްފައި އޮތް ދެ ރިސޯޓު ހުޅުވުން މުހިންމު ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއާއި ދެކުނު ސަރަހައްދަށް 8000 އެނދު ގެނައުން ކަމަށެވެ.
ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު ހިންގަމުންދިޔަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ އައްޑޫ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

Dhekunuge tourism kuriarunvan beynunnama rajjeygai vaa emme dhuvas vee airport ah mathindhaa boat theyo alhan nuvatha park kuran namaves flight thah mle ge badhaluga beynun kuruvan jehe.
— Mohamed Firaq (@mohamedfiraq) September 30, 2021
އައްޑޫގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވީ، އަންނަ އަހަރު ލޯކަލް ޓޫރިޒަމްގެ ތެރެއިން "ހޯމް ސްޓޭ" އަށް ޖާގަ ދިނުމުން އައްޑޫ ސިޓީގައި އެކަށީގެންވާ ވަރަކަށް އެނދު ހުންނާނެ ކަމަށެވެ. އޭރުން އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިއަށްދާން ފަށާނެ ކަމަށާއި، ޓޫރިޒަމް ބާރަށް ކުރިއަށް ގެންދަން މިހާރު ބަންދުކޮށްފައި އޮތް ދެ ރިސޯޓު ހުޅުވުން މުހިންމު ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއާއި ދެކުނު ސަރަހައްދަށް 8000 އެނދު ގެނައުން ކަމަށެވެ.
ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު ހިންގަމުންދިޔަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ އައްޑޫ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު