ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް ވީއައިޕީގެ ޚިދުމަތް ދިނުން ހުއްޓުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު, ބޮންޑޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންނަށް އެއަރޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހިދުމަތާ ގުޅޭ ގޮތުން ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލަައުންޖު ބޭނުންކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ, އެކަން މިހާރު މަޖިލީހުގެ ނައިބުރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށާއި, މަޖިލީހުގެ ބަޖެޓަށް ބާރު ބޮޑުވާގޮތަށް އެ ޚިދުމަތްދިނުން ހުއްޓުވާނެކަމަށް އީވާ ވިދާޅުވިކަމަށެވެ. ބޮންޑޭ ވިދާޅުވީ ކޯވިޑްގެ މި ދަތި ޙާލަތުގައި ދަޢުލަތުގެ ބަޖެޓަށް އިތުރަށް ބުރަވާގޮތަށް މަޖިލީހުގެ ކޮމިޓީއަކުން ކަމެއް ނިންމުމަކީ ދެރަ ކަމެއް ކަމަށާއި, އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ މަޖިލީހުގެ ޢާއްމު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު, މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު


8

ޝިޢުބު

08-Oct-2021

ބަރާބަރު ބޮންޑާ އާއި އީވާ ނޫން މީހަކު ދަޢުލަތުގެ އެއްޗެއް ކައިގެން ނުވާނެ



ޓްރެންޑިން