ރާއްޖޭގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށާއި، ކޮވިޑް-19 ޖެހުމުގެ ރިސްކް ބޮޑު މީހުންނަށް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ދޭން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވަނީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު އޮން އިމިއުނައިޒޭޝަނުން މިހާތަނަށް މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކަށް ރިއާޔަތްކޮށް، އެ ޓީމުގެ ލަފާގެ މަތިންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނަށާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ޚިދުމަތްތެރިންނަށް ބޫސްޓަރ ޑޯޒްދޭން މިހާރު ނިންމާފައިވާކަމާށެވެ.
މިވަގުތު ވެކްސިންގެ އިތުރު ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިނެވެ. އަދި މި ބޫސްޓަރ ޑޯޒް ޖަހާނީ ކޮވިޑުގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށެވެ. އެގޮތުން މިވަގުތު ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށެވެ.
މީގެއިތުރުން، އެޗްޕީއޭއިން ބުނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި, އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދީފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި, ދިގުމުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި, ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުން ވެސް ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަދި ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނާއި, ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަންގެ ތެރަޕީގެ ފަރުވާ ލިބޭ މީހުންނާއި އެ ފަރުވާއަށް ޑޮކްޓަރު އިރުޝާދު ދީފައިވަނީ މީހުންގެ އިތުރުން ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ފަރުވާދީފައިވާ މީހުން ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި ބޫސްޓަރ ޝޮޓް ދިނުމަށް މަޝްވަރާކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ ދާދި ފަހުން އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު