ވަޒީފާގެ މާޙައުލުގައި ހިންގައިގެން ނުވާނެ ޢަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އޭނާގެ ފަރާތުން މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅައިދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދެވަނަ ފަހަރަށް އެދުމުން މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އަޑުބަރޭއަށް ފިޔަވަޅު އެޅުމަށް މިދިޔަ މެއި މަހުވެސް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ކޯޓުން އޭރު ނިންމާފައިވަނީ އެ މައްސަލާގައި އައްސަދަށް ފިޔަވަޅެއް ނޭޅުމަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އައްސަދުގެ މައްޗަށް ފިޔަވަޅު އެޅުމަށް ކޯޓުގައި އެދުމުން ވެސް އެކޯޓުންވަނީ ފިޔަވަޅެއް ނޭޅުމަށް ނިންމައި މައްސަލަ ކޯޓުން ބޭރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުން އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން ޢަލީ ވަޙީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އޭގެފަހުން ޢަލީ ވަޙީދު ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށެވެ.
އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިއަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން ކަރެކްޝަން ސަރވިސް އިން ވަނީ އެދިފައެވެ.
އިނގިރޭސިވިލާތުގައި ހުރުމުގެ ވިސާގެ މުއްދަތު ހަމަވުމުން މިދިޔަމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ޢަލީ ވަޙީދު ވަނީ އެޤައުމުން ހައްޔަރު ކޮށްފައެވެ. އެފަހުން ބަންދުން ދޫކޮށްލުމުން އަލީ ވަހީދު ދަނީ މި ސަރުކާރަށާއި, ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު