އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވެރިކަންކުރާ ކޯލިޘަންގެ މައިޕާޓީ އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ, ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް އިއްޔެ މީހަކު ވަދެގަނެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އުއްތަމަފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ބަޔަނުގައި ވެއެވެ.
އެމްޑީޕީން ބުނީ, ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމުކޮށްފައިވީ ހިނދު، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނާއި އެމަނިކުފާނުގެ ޢާއިލާ މިވަގުތު ވެސް ދިރިއުޅުއްވާ ޢާއިލީ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.
އަދި މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިޙްމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު