ރާއްޖޭގެ ޖުމްލަ ރިޒާވް 874.3 މިލިއަން ޑޮލަރަށް އަރައިފިއެވެ.
އެމްއެމްއޭއިން ޢާއްމު ކޮށްފައިވާ ރާއްޖޭގެ އިޤްތިޞާދީ އުސްއަލިތަކުގައި ވާގޮތުން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 874.3 މިލިއަން ޑޮލަރެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރު ރިޒާވްގައި 857.1 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ 17.2 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެކެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވް އަށެއް އިންސައްތަ އިތުރުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރީ 844.7 މިލިއަން ޑޮލަރުގައެވެ.
ރާއްޖޭގެ ރިޒާވް ކުއްލި ގޮތަކަށް އިތުރުވެފައި މިވަނީ ސަރުކާރުން ވިއްކި ސުކޫކްގެ ފައިސާއާއި އިންޑިއާގެ ކަރަންސީ ސްވޮޕްގެ ސަބަބުންނެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު