ބްރިޓިޝް އެއަރވޭސްގެ ފްލައިޓެއް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގައި އޮތް މަންޒަރު
ބްރިޓިޝް އެއަރވޭސްގެ ފްލައިޓެއް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގައި އޮތް މަންޒަރު
މެދުކެނޑުމަކަށް ފަހު ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް އަލުން ސީދާ ދަތުރުތައް ފަށައިފިއެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރުނު ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓް ކުރުމާއިއެކުގައެވެ. މި ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓްގައި ވާގޮތުން މިހާރު އިނގިރޭސި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށްފަހު އަލުން އަނބުރާ ގައުމަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް އަލުން ސީދާ ދަތުރުތައް ފެށުމާއި ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.



މިދިޔަ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ރެޑް ލިސްޓުން ރާއްޖެނަގައި ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓް ކުރުމާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.



ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބްރިޓިޝް އެއަރވޭސް ކޮންމެ ދުވަހަކު ދަތުރުކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން