ގިނަ ޢަދަދެއްގެ ސަރުކާރު މުވައްޒަފުން ވަޒީފާ އަދާކުރާ ވެލާނާ ބިލްޑިންގ
ގިނަ ޢަދަދެއްގެ ސަރުކާރު މުވައްޒަފުން ވަޒީފާ އަދާކުރާ ވެލާނާ ބިލްޑިންގ
މިނިމަމް ވޭޖްގެ ގޮތުގައި ދެވޭނެ އެންމެ ދަށް މުސާރައަކީ 5700 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިނިމަމްވޭޖް ބޯޑުން ރޭ ބޭއްވި ބައްދަލުވުމުގައެވެ.

އެ ނިންމުމުގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ހަގަޑިއިރުގެ މަސައްކަތަށް ދާއިމީ މުވައްޒަފަކަށް 7000ރ. ކަމަށެވެ. ބޮޑެތި ވިޔަފާރިތަކުން ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މުސާރައިގެ ގޮތުގައި މަހަކު 10،200 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު، މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000ރ. އެވެ.

އަދި ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރާ މުވައްޒަފުންނަށް މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. ކަމަށް ކަނޑައެޅިއިރު އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި ބިދޭސީންނަށް ދެވޭނެ އެންމެ ދަށް އުޖޫރަވެސް ކަނޑައަޅާފައެއް ނުވެއެވެ.

މިނިމަމްވޭޖް ބޯޑުން ވަނީ، އެ ބޯޑުގެ ނިންމުން އިޤްތިޞާދީ ވަޒީރަށް ހުށައެޅުމަށް ނިންމާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސަރުކާރުން އެ ބޯޑަށް ހުށައަޅާފައިވާ އެންމެ ދަށް އުޖޫރައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން