ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީލަންކާ ވާދަކުރާ މެޗްގެ ޓިކެޓްތައް، ވިކި ހުސްވުމުން އާއްމުން އެ ސަރަހައްދުގައި އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.
މާދަމާ ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ގަތުމަށް ރޭ ފަތިހުން ފެށިގެން ޢާއްމުން ގަލޮޅު ދަނޑު ކައިރީގައި ކިޔޫ ހަދާފައިވީ ނަމަވެސް ޓިކެޓް ވިއްކަން ފަށާފައިވަނީ، ހެނދުނު 10 ޖެހިއިރުއެވެ. ނަމަވެސް ޓިކެޓް ވިއްކަންފެށިތާ ގަޑިއިރެއްގެ ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށްބުނެ ޓިކެޓް ކައުންޓަރތައް ވަނީ ބަންދު ކޮށްފައެވެ. މާދަމާ މެޗުގެ ޓިކެޓްތައް މިހާރު ހުސްވެފައިވާއިރު އެ ސަރަހައްދުގައި މިހާރު ވެސް ބައެއް މީހުން އަންނަނީ ބްލެކްމާކެޓްގައި ޓިކެޓް ވިއްކަމުންނެވެ.
އެކަމާގުޅިގެން ޢާއްމުން އެސަރަޙައްދުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ދާއިރު، މީހަކަށް 5 ޓިކެޓްގެ ރޭޓުން 5000 ޓިކެޓް ވިއްކި ނަމަވެސް 1000 މީހުންނަށް ޓިކެޓް ވިއްކަން ޖެހޭނެއެވެ. މުބާރާތުގެ މެޗްތައް ކުޅެމުންދާ ގަލޮޅު ދަނޑުގެ ކެޕޭސިޓީ އަކީ 5000 ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އެފްއޭއެމުން އިއްޔެ ބުނެފައިވަނީ، ޓިކެޓް ވިއްކާނީ މިއަދު ހެނދުނު 10 އިން ރޭގަނޑު 11 އަށް ކަމަށެވެ. މުބާރާތުގެ މެޗުތަކަށް ޓިކެޓް ވިއްކަނީ ގޮނޑިބަރިން 100 ރުފިޔާ އަށް އަދި ސިޑިބަރިން 75 ރުފިޔާއަށެވެ. އަދި ކޮންމެ މީހަކަށް ގިނަވަގެން ވިއްކަނީ ފަސް ޓިކެޓެވެ. އަދި އެ ފަސް މީހުންގެ ވެކްސިން ކާޑާއި އައިޑީ ކާޑު ގެންދަން ޖެހޭނެކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު