އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 487 މައްސަލަ ހުށައަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މިހާރު ބަންދުވެފައިވާއިރު އެ އޮފީހަށް 487 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފައިވާއިރު، 26 މައްސަލައެއް ނުބެލުމަށް ވަނީ ނިންމައިފަ އެވެ. އަދި އެއް މައްސަލަ އިންތިޤާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 06 މައްސަލައެއްގައި އިތުރު މަޢުލޫމާތު ހޯދުމަށް ފޮނުވަން ނިންމައި، އިތުރު 05 މައްސަލައެއްގެ ޝަރުޢީ މަރުޙަލާ ކުރިއަށްދާތީ، އެ މަރުޙަލާ ނިމުމުން ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
އެ އޮފީހަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކެވެ. އެ ދާއިރާއިން 172 މައްސަލަ ހުށައަޅާފައިވާއިރު، މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ 156 މައްސަލައާއި، ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމާއި ބަންދު ކުރުމާ ގުޅޭ 44 މައްސަލަވެސް ހުށައަޅާފައިވެއެވެ. މީގެ އިތުރުން އެހެނިހެން ދާއިރާތަކާ ގުޅުންހުރި ގިނަ މައްސަލަތައްވެސް ވަނީ އެ އޮފީހަށް ހުށައަޅާފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފު ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު