ހާބަރު ފުޑް ކޯޓުގައި ހިންގާ ކެފޭއެއް
ހާބަރު ފުޑް ކޯޓުގައި ހިންގާ ކެފޭއެއް
މާލޭ ހާބަރު ފުޑް ކޯޓުގައި ހިންގާ "ސިޓީ ޓޭސްޓް" ކެފޭއިން ކެއުމަށްފަހު ކެފޭގެ މުވައްޒަފުންނަށް ޙަމަލާދީފައި ބަޔަކު ފިލައިފިއެވެ.

ރޭ މެންދަމު 3:15 އެހާކަންހާއިރު، ހިންގި މި ރަޙުމްކުޑަ އަމަލުގައި ކާންތިބި ޒުވާނުންތަކެއް ގާތު ބިލް ދައްކަން ބުނުމުން، އެކަމާ ނުރުހުން ފާޅުކޮށް ބިދޭސީއެއްގެ ގައިގައި ޕޭމަންޓް ގަލަކުން ތަޅައި އަނިޔާކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެސަރަޙައްދުގައި އެވަގުތު ހުރި މީހަކު ބުނެފައިވަނީ ކެފޭ ތެރޭގައި ކުއްލިއަކަށް އަޑުގަދަވެގެން ބަލާލިއިރު ޒުވާނުންތަކެއް ޕޭމަންޓު ގާތަކެއް ހިފައިގެން އައިސް އެ ކެފޭ ތެރެއަށް ވަދެ ޕޭމަންޓް ގާތައް އެތަނުގެ މުވައްޒަފުންނާ ދިމާލަށް އުކާ ހަމަލާދީފައިވާ ކަމަށެވެ. އެގާތަކުން ޖެހި ކެފޭގެ މުދަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އޭނާ އިތުރަށް ބުނީ އެތަނަށް ވަދެ ބެލިއިރު ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް އޮތް ކަމަށާއި އަދި އެތަނުގައި އަނިޔާ ލިބުނު ބިދޭސީ މުވައްޒަފަކު ވެއްޓިފައި އޮތްކަމަށެވެ.

ޙާދިސާ ހިނގި ސަރަޙައްދަށް ފުލުހުން ދިޔައިރު އެޢަމަލު ހިންގި މީހުން ވަނީ އެސަރަޙައްދު ދޫކޮށް ފިލާފައެވެ. ފުލުހުން ވަނީ އަނިޔާވި ބިދޭސީ މީހާ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިކަމާ ބެހޭގޮތުން ފުލުހުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން