ފަރިވާ ފިހާރައިގައި ރޯވި މައްސަލާގައި ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާލޭ ފާމުދޭރިމަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްސްގައި ރޯވެ އަނދާފައި ވަނީ 2016 ޖެނުއަރީ 19 ވަނަ ދުވަހުގެ ފަތިހު އެވެ. މިހާދިސާގައި އެ ފިހާރައިގަ ހުރި ހުރިހާ މުދަލެއް އަނދާ ހުލިވެފައިވާއިރު ފިހާރައިގަ ރޯވިކަމަށް ބެލެވެނީ އެ ފިހާރައިގެ ބޭރުގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށީގެ ސަބަބުން ކަމަށް ފިހާރައިގެ ވެރިފަރާތުން ބުނެފައިވެ އެވެ.
އެ މައްސަލާގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާކުރީ އެ ހާދިސާ ހިނގީ ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓް ފޮށްޓެއްގައި ރޯވުމުގެ ސަބަބުން ކަމަށްވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ. އެކަމަކު ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށެވެ.
އެ މައްސަލާގައި ސުޕްރީމުން ކޯޓުން މިއަދު ނިންމި މައްސަލާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށެވެ. އެހެންކަމުން އިސްތިއުނާފީ މަރުހަލާގައި އައު ހެކި ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކޭކަމަށް ސުޕްރީމް ކޯޓުގެ ޙުކުމްގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ, ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ކަމަށެވެ. އެހެންކަމުން، ޝަރީޢަތަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސްޓެލްކޯގެ ފަރާތުން ވި އިހުމާލަކުންކަން ކަނޑައެޅޭނެ ހަމައެއް ނެތުމުން ސްޓެލްކޯގެ ފަރާތުން ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ސްޓެލްކޯއިން ޚިލާފުވެފައިވާކަމަށް ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށް ޙުކުމްގައިވެއެވެ.
"ފަރިވާ ކްއާރޓްސް-1 ފިހާރާގައި އަލިފާން ރޯވި ހާދިސާގެ ސަބަބުން ފިހާރަޔަށާއި ފިހާރައިގައިހުރި މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެލްކޯއިން އެކީއެއްފަހަރާ ތެއްތިރީސް މިލިއަން ރުފިޔާ ހޯދުމަށް ޙުސައިން ރަޝީދުގެ ފަރާތުން އެދިފައިވާއިރު، މި ބަދަލަކީ މި ގެއްލުމާ ޙުސައިން ރަޝީދު ކުރިމަތިލާންޖެހުނީ ސްޓެލްކޯ އިން ޤާނޫނާ ޚިލާފަށްކުރި ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުންކަން ސާބިތުކޮށްދީގެން މެނުވީ އެއާމެދު ގޮތެއް ކަނޑައެޅޭނެ ބަދަލެއް ނޫނެވެ." ސުޕްރީމް ކޯޓުން މިއަދު ނިންމި މައްސަލައިގެ ރިޕޯޓުގައި ވެއެވެ.
މި ހާދިސާ ހިނގުމާގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސީން އޮފިސަރުން ޑިސްޓްރިބިއުޝަން ފޮށިން ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ "ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަން" އިން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެކަމަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެރިޕޯޓްގައި ބުނާ ކަންތައްތައް ނަފީކުރެވޭނެ ފަދަ ހެއްކެއް ޙުސައިން ރަޝީދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނެތް ކަމަށެވެ.
އަދި ޙުސައިން ރަޝީދަށް ލިބިފައިވާ ކަމަށް ބުނާ މި ގެއްލުމާ ސްޓެލްކޯގެ ފަރާތުން ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ޢަމަލާ ގުޅުވައިލެވޭނެ ހަމައެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނެތުމުން، މި ގެއްލުމަކީ ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ސްޓެލްކޯ އިން ޚިލާފުވުމުގެ ސަބަބުން ކުރިމަތިވި ގެއްލުމެއްކަމަށް ކަނޑައަޅައި މި ބަދަލު ނަގައިދެވޭނެ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޙުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުން މައްސަލާގައި ނިންމާފައިވަނީ ޙުސައިން ރަޝީދުގެ ފަރާތުން އެދިފައިވާ ފަރުވާ ލިބިދިނުމަށްޓަކައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، މި މައްސަލައިގައި ޙުސައިން ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ސުޕްރީމް ކޯޓުން އިތުރަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަންތައްތަކެއްކަމަށް ނުދެކޭ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު