މައްސަލަތައް ބެލުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސުން ބުނެފިއެވެ.
ކުރީގެ މިނިސްޓަރ ޒެނީޝާގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވި މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ބުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން އުފައްދަވާފައިވާ "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ބެއްލެވުމަށްފަހު އެކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައި ތިބި ކުޑަކުދިންތަކަކާ ގުޅުންހުރި އަނިޔާގެ މައްސަލަތަކެއް އެންޓި ޓޯޗަރ ޤާނޫނު ގެ ދަށުން ތަހުގީގުކޮށް، އެމައްސަލަތަކުގެ ލިޔުންތައް ޙިއްސާކުރުމާއެކު، ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެކޮމިޝަނުން ވާނީ ހުށަހަޅާފައި ކަމަށެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން އެކޮމިޝަނަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
"އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާކުރުމާއި ރަޙުމްކުޑަ ޢަމަލު ހިންގުމާއި، ލާއިންސާނީ ޢަމަލު ހިންގުމާއި، އިހާނެތި ޢަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ޒިންމާވަނީ އެޤާނޫނުގެ ދަށުން މިކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވެއެވެ. އަދި ހަމައެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިޚްތިޞާޞްވެސް އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މިކޮމިޝަނަށް ލިބިދީފައިވެއެވެ." ބަޔާނުގައިވެއެވެ.
އަދި އެންޓި ޓޯޗަރ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައްޔާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާއެކު ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
އަދި ހަމައެހެންމެ، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން އެކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން އެކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެ ކަމަށް ބަޔާނުގައިވެއެވެ. އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ޚަބަރުތައް ގެނެސްދެއްވުމުގައި، އެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޙައްޤަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން ޚަބަރުތައް ގެނެސްދެއްވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު