ދީބާޖާ އިންވެސްޓްމެންޓްސްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި މައްސަލާގައި ދީބާޖާއިން ހުށައަޅާފައިވާ ނުކުތާތަކުގައި ޤާނޫނީ ބުރަދަނެއް ނެތްކަމަށް ދަޢުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
މިމައްސަލަ ފެށިގެން އައީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް 2013 ވަނަ އަހަރު ބާތިލުކުރުމުންނެވެ. އެގްރިމަންޓް ބާތިލުކުރުމުން ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށް ދީބާޖާއިން އެދުނަސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެހުކުމް ހައިކޯޓުން ބާތިލުކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
ނަމަވެސް ފަހުން ދީބާޖާ އިންވެސްޓްމެންޓްސްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ރިވިއުކުރުމަށް ސަރުކާރުން ސުޕްރީމްކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެޙުކުމް ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ ރިވިއުކުރަން ހުށަހެޅީ ދީބާޖާއަށް ބަދަލުދޭން ނިންމި ނިންމުމާއި ގުޅިގެން ސަރުކާރަށް ޕްރެޝަރު ބޮޑުވުމުންނެވެ. އެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން އެމައްސަލަ އެކޯޓުން ބަލައިގަތީ މިދިޔަ އަހަރުގެ މާޗްމަހުއެވެ.
ދީބާޖާއަށް ބަދަލުދޭން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް ހުކުމް އަލުން އިސްތިއުނާފުކުރަން ދީބާޖާއަށް ދިން ފުރުސަތުގައި ދީބާޖާއިން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ދީބާޖާ އިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ އިސްތިއުނާފީ ނުކުތާތަކުގައި ގާނޫނީ ބަރުދަނެއް ނެތްކަމަށާއި، އެހެންކަމުން އެއީ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ކަމަށް ދަޢުލަތުން ނުދެކޭ ކަމަށެވެ. ދަޢުލަތުން ބުނީ ދީބާޖާއިން ހުށައަޅާފައިވާ ނުކުތާތަކުގެ ތެރޭގައި ހައިކޯޓުގެ ޙުކުމް ގޯސްކަމަށް ކަނޑައެޅޭނެ ނުކުތާއެއް ނެތް ކަމަށެވެ. އޭގެ އިތުރުން ބަދަލުގެ އޯޑިޓް ހިސާބުކޮށްފައިވާ ގޮތާމެދުވެސް ދަޢުލަތުންވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލާގައި ދަޢުލަތަށް ރައްދު ދެމުން ދީބާޖާގެ ވަކީލް ވިދާޅުވީ ދީބާޖާއާ ޙަވާލުކުރީ 47 ރަށުގެ ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ގެންދިއުމަށް ކަމަށާއި އޭގެތެރެއިން ޚިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގައިކަމަށެވެ. ނަމަވެސް ދަޢުލަތުން ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ދީބާޖާގެ ވަކީލްވަނީ ވިދާޅުވެފައެވެ. އަދި ބަދަލުގެ ޢަދަދަކީ ބައިނަލްއަޤުވާމީ އޮޑިޓް ފާމަކުން ހިސާބު ކޮށްފައިވާ ޢަދަދުތަކެއް ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
މިމައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު