ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އިިބްރާހިމް އަބްދުﷲ ސައީދަށްވެސް ކުށް ސާބިތު ނުވާކަމަށް ޙުކުމް ކޮށްފައެވެ.
މާލޭގެ މަޖީދީ މަގާއި އިން ވެގެން އޮންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެސްޖޭ އާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު، ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018 ގައެވެ. އަދި އާ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018 ގަ އެވެ.
މި މައްސަލާގައި ޑރ އަހުމަދު ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސައީދުގެ ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޑރ. ޒިޔާދުވަނީ ދަޢުވާއަށް އިންކާރުކުރަށްވާފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސަޢީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ގާޒީ މިސްބާހް ވިދާޅުވިއެވެ. އެހެންކަމުން ޝަރީޢަތުން ކަނޑައަޅާފައިވަނީ އެދެ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ދަޢުލަތުން ޑރ. ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޑރ. އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށް ސާބިތުވިނަމަ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.
ޕީޖީ އޮފީހުން ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ކުށް ސާބިތުވެއްޖެނަމަ އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ބުނީ މި މުޢާމަލާތާ ގުޅިގެން، މިމުޢާމަލާތުގެ އެކި މަރުޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ އާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.
އަދި، މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ލަފާދީފައިވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް 2018 ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ރައީސް ޔާމީންގެ ސަރުކާރުން ޙަވާލުކުރި އެގްރީމެންޓް، ރައީސް ޞާލިޙްގެ ސަރުކާރުން އުވާލި މައްސަލާގައި އެސްޖޭ އިން ބަދަލު ހޯދުމަށް ދަޢުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭއިން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑަ ނޭޅޭނެ ކަމަށެވެ. އަދި އެސްޖޭ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 111 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު