ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާގައި އެވޯޑް ހާސިލްކުރި ފަރާތްތައް
ބީއެމްއެލް ސްޓާފް އެވޯޑް ހަފްލާގައި އެވޯޑް ހާސިލްކުރި ފަރާތްތައް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރޭގަ ބޭއްވި އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތަތަކަށް އެވޯޑް ދީފިއެވެ.

2 ނޮވެމްވަރ 2021 ވަނަ ދުވަހުގެ ރޭ ބޭއްވުނު ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި 2020 ވަަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހާސިލު ކޮށްފައިވަނީ އަފްރާޙް އަޙްމަދު، ހެޑް އޮފް ބޭންކިންގ ސޮލިއުޝަންސް އެވެ. މީގެ އިތުރުން ކޮވިޑް-19ގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވުނު ފަޚުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ވަނީ ލިބިފައެވެ. އަދި ބޭންކުގެ ހެޑް އޮފް ލޯން ސަރވިސަސް، ޙައްވާ ޝީނިއާޒް ޢަދުނާން ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހާސިލްކޮށްފައެވެ.

ރޭގަ ބޭއްވުނު މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮވިޑް-19ގެ މުއްދަތަކީ ބޭންކަށާއި މުޅި ގައުމަށް ވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމަށެވެ. އަދި މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއްނުވާ ލާމަސީލު މަސައްކަތެއް ކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

މީގެއިތުރުން، މި ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތްކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް. ތިޔަ މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް."

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. އެގޮތުން ބީއެމްއެލްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. އޭގެތެރޭގައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް، ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ލޯންގް ސަރވިސް އެވޯޑް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން