އއ. މަތިވެރީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރުގެ ގެސްޓްހައުސެއްގެ ތެރޭގައި މީހަކަށް އަނިޔާކޮށް ޒަޚަމް ކޮށްލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ކާސާމިއާ ގެސްޓްހައުސަށް މިއަދު މަސައްކަތަކު ދިޔަ މީހަކަށް އަނިޔާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން އެމީހާއަށް ލިބުނު ޒަޚަމްތަކަށް އެރަށު ސިއްޙީ މަރުކަޒުން ވަނީ ފަރުވާދީފައެވެ.
އެގޮތުން އެމީހާގެ މޫނުމައްޗަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެއެވެ. ޙާދިސާ ހިނގިވަގުތު ޖާބިރު އެ ގެސްޓްހައުސްގައި ހުންނެވިކަން ޔަޤީންކުރެވިފައެއް ނުވެއެވެ.
ފުލުހުން ބުނީ މަތިވެރި ހޮޓަލެއްގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް މިއަދު ހަވީރު 16:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު