ކުރިން ފިލާފައިވާ މީހަކު ކަފާލާތުން ދޫކޮށްލުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މި މޭރުމުން ވިދާޅުވެފައިވަނީ ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދަށް ކަފާލާތުގެ ފުރުސަތު ދިނުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. ޢަލީ ވަޙީދާއި އަންމަޓީ އަކީވެސް މީގެ ކުރިން ދަޢުލަތަށް ފިލައިގެން ރާއްޖޭންބޭރުގައި އުޅެފައިވާ ފަރާތްތަކެކެވެ. ނަމަވެސް އަންމަޓީ ލަންކާއިން ގެނަސް ހައްޔަރުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އެގޮތުން ކަފާލާތުގެ ދަށުން މީހަކު ދޫކޮށް ނުލުމުމަށް އިންޑިއާގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގައި، އެގޮތަށް ނިންމީ ކުށުގެ ތުހުމަތުކުރެވޭ އެ މީހާއަކީ ކުރިން ފިލާފައިވާ މީހަކަށް ވާތީ ކަމަށް ބުނާ ލިޔުމެއް ޝަމީމް ވަނީ މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. އެ ނިންމުމަށް ޙަވާލާދެއްވަމުން ޝަމީމް ވިދާޅުވީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުޞަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިން ޤަބޫލުކުރެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ވަނީ ފަށައިފިއެވެ.
ރާއްޖޭގެ ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އަންމަޓީގެ އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކުރުމަށްފަހުއެވެ. އަދި ޢަލީ ވަޙީދު ދޫކޮށްލީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނު ކުރުމަށް ފަހުއެވެ. މިދެމައްސަލައިގައި ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ޕީޖީ ޝަމީމު ދޭތެރެ ދޭތެރެއިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވި ނަމަވެސް ކޯޓުގެ އެނިންމުންތަކަށް ބަދަލެއް އައިސްފައެއް އަދި ނުވެއެވެ.

އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުޞަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވައެވެ. އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިން ޤަބޫލުކުރެއެވެ. pic.twitter.com/PF4ZmDBFWl
— Hussain Shameem (@HuShameem) November 3, 2021
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ވަނީ ފަށައިފިއެވެ.
ރާއްޖޭގެ ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އަންމަޓީގެ އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކުރުމަށްފަހުއެވެ. އަދި ޢަލީ ވަޙީދު ދޫކޮށްލީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނު ކުރުމަށް ފަހުއެވެ. މިދެމައްސަލައިގައި ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ޕީޖީ ޝަމީމު ދޭތެރެ ދޭތެރެއިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވި ނަމަވެސް ކޯޓުގެ އެނިންމުންތަކަށް ބަދަލެއް އައިސްފައެއް އަދި ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު