އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅައި އެކަމާބެހޭ ޤަރާރު އިޢުލާނު ކުރާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރަށް ދިން ލަފާ މިނިސްޓްރީން މިހާރު ދިރާސާ ކުރަމުން ގެންދާ ކަމަށާއި އަދި ދިރާސާ ކުރުމަށްފަހު އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އަންނަ ހޯމަ ދުވަހު އާންމު ކުރާނެ ކަމަށް އިތުބާރުހުރި މަސްދަރަކުން "ރަސް އޮންލައިން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިނިމަމް ވޭޖު ކަނޑައަޅަނީ މިހާރު ބޯޑުން ކަނޑައަޅާފައިވާ ޢަދަދުތަކަށް ބައެއް ބަދަލު ގެނައުމަށްފަހުއެވެ. އެގޮތުން އެންމެ ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީގައި ކަނޑައަޅަން ލަފާދީފައިވާ އެންމެ ކުޑަ އުޖޫރައަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރާއްޖޭގައި ހިންގާ ރިސޯޓުތައް ހިމެނެނީ މި ކެޓަގަރީގައެވެ.
އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ފޮނުވާފައިވާ ލަފާގައި ބަޔާން ކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5،000 ރުފިޔާ ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެެ.
އަދި ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ ފަރާތްތަކަށް ގަޑިއަކު 33.65 ރުފިޔާ ދިނުމަށް ވަޒީރުގެ ލަފައަށް އެދިފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ވަޒީރަށް ލަފައެއް ދީފައިވާ ކަމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރާ މުއްދަތު 5 އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް އަރުވާފައިވާ ލަފާ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އިކޮނަމިކް މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި ދިރާސާއަށް ފަހު ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ މިންވަރު ކަނޑައަޅައި އާއްމު ކުރާނެ ކަމަށްވެސް އިކޮންމިކް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު