މަރާމެދު ޝައްކުތަކެއް އުފެދިގެން ތަހުގީގު ކުރަމުން ގެންދާ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މަރުވި ނަރުސްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅޭ މައުލޫމާތު އާއްމުންނަށް ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރަމުންދާނެކަމަށެވެ.
ފުލުހުން މިހާރު ތަހުގީގު ކުރަމުން ގެންދާ ނަރުސްގެ ޕޯސްޓްމޯޓަމް ހެދުމަށް މިމަހުގެ ފުރަތަމަ ދުވަހު އިންޑިއާއަށް ފޮނުވާފައިވަނީ އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުންނެވެ.
ނަރުސްގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާއާއެކު އައިޖީއެމްއެޗްގައި އެއް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައި އޭނާގެ ފިރިމީހާއެވެ. ދަންޖެހިގެން މަރުވިކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ނަރުސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ދަންޖެހިގެން މަރުވީކަމަށާއި، އަދި ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށް އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.
މޭރީ ގްރޭސްގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުރި ނަމަވެސް އެއީ ކަރުގައި ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު