މިއަދު އިޢުލާނުކުރި މިނިމަމްވޭޖް ކަމުނުދާނަމަ ވޯޓުން ސަރުކާރު ބަދަލުކުރުމަކީ ރައްޔިތުންނަށް އޮތް ފުރުސަތެއްކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށްފަހު މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި، ނަމަވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ހައްލުތައް ހޯދާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިއަދު މިސަރުކާރުން މިކުރީ އެއްވެސް ބަޔަކަށް ކުރަން ނުކެރުނު ކަމެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ މިނިމަމްވޭޖް ކަމުނުދާނަމަ ވޯޓުން ސަރުކާރު ބަދަލުކުރުމަކީ ރައްޔިތުންނަށް އޮތް ފުރުސަތެއްކަމަށެވެ.
"މި ނިންމުމާ މެދު ހިތްހަަމަނުޖެހޭނަމަ ވޯޓުން އެ ބޭފުޅަކަށް ފެންނަ ގޮތަށް އަމަލު ކުރެއްވީމާ ހުންނާނީ ރަނގަޅަށް. އެއަށްވުރެ ރަނގަޅު ގޮތަކަށް ހުށަހަޅާ ބަޔަކަށް ވޯޓު ދިނީމާ ރަނގަޅުވާނެ. މި ގޮތް ކަމުނުދަންޏާ އެގޮތަށް އަމަލު ކުރައްވާ." ފައްޔާޒް ވިދާޅުވިއެވެ.
މިއަދު އިޢުލާނުކުރި މިނިމަމް ވޭޖުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ދެކޭ ގޮތުގައި އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު