ރިޒޯޓްތަކުގެ މުވައްޒަފުންގެ ހުރުމާ ކެއުން މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ގިނަ ދުވަސްތަކެއްގެ ދިރާސާތަކަށް ފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެއް ކަމަށްވާ މިނިވަމް ވޭޖް މިއަދު އިޢުލާނު ކޮށްފައިވާއިރު މިނިމަމް ވޭޖާއި ގުޅިގެން ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ސޯޝަލްމީޑިއާ މެދުވެރިކޮށް ސަރުކާރުގެ އިސްވެރިންނަށް ދަނީ ފޮނުވަމުންނެވެ.
މިނިމަމް ވޭޖާއި ގުޅިގެން ސަރުކާރުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ސިޔާސަތަކީ، ދިވެހި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ނުޙައްޤު، ދަށް އުޖޫރަ މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް އެކަށޭނަ ޙައްލެއް ލިއްބައިދޭނެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ ވަޢުދު ފުއްދުމުގެ މަސައްކަތް ކުރެވިފައިވަނީ މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް، ހުރިހާ ފަރާތެއްގެވެސް ކަންބޮޑުވުންތަކަށް ރިޢާޔަތްކުރެވިގެން ކަމަށް ޙަމްދާން ވިދާޅުވިއެވެ. މިނިމަމް ވޭޖްގެ ތެރޭގައި އެއްވެސް ބާވަތެއްގެ އިން-ކައިންޑް ބެނެފިޓެއް ނުހިމެނޭނެކަން ފާހަކޮށް ޙަމްދާން ވިދާޅުވީ ރިޒޯޓްތަކުގެ މުވައްޒަފުންގެ ހުރުމާ ކެއުން މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.
"ވަޒީފާދޭ ފަރާތުން އެއްވެސް ސިފައެއްގައި ކެއުމާއި ހުރުން ހަޖަމައްސައިދީފައިވާ ޙާލަތެއްގައި، އެއިން ކަމަކަށް ހޭދަވާނެ މިންވަރު ފައިސާގެ ގޮތުން ހިސާބުކޮށް މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ. އެހެންކަމުން ރިޒޯޓްތަކުގެ މުވައްޒަފުންގެ ހުރުމާ ކެއުން މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނޭނެ." ޙަމްދާން ވިދާޅުވިއެވެ.
ޙަމްދާން ވިދާޅުވީ މިނިމަމް ވޭޖް ތަންފީޛުވުމުން އެންމެ ބޮޑު ހެޔޮ ބަދަލެއް ފެނިގެންދާނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަމަށެވެ. މިއާއެކު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެވެސް ގިނަ ޢަދަދެއްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙުގެ ދަށުން އެކުލަވާލެވުނު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު، އިޤްޠިޞާދީ ޙާލަތަށް ރިޢާޔަތްކުރެވިގެން ކަނޑައަޅާ މިއަދު އިޢުލާނުކުރި މިނިމަމް ވޭޖު ތަންފީޛުވެގެންދާނީ 01 ޖަނަވަރީ 2022 އިން ފެށިގެނެވެ.

ކިޔުންތެރިންގެ ހިޔާލު