ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ 2 އަހަރަކުން މިނިމަމް ވޭޖް މުރާޖަޢާކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން މިއަދު ވިދާޅުވީ، ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ 2 އަހަރަކުން މިނިމަމް ވޭޖް މުރާޖަޢާކުރަންޖެހޭއިރު، އިޤްޠިޞާދަށް އަންނަ ހެޔޮ ބަދަލާއެކު މިނިމަމް ވޭޖަށް ބަދަލު ގެނެވޭނެ ކަމަށެވެ.
ސަރަޙައްދީ އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ވޭޖްތަކާ އަޅާކިޔާއިރު ރާއްޖޭގައި ކަނޑައަޅާފައިވަނީ ނިސްބަތުން ތަނަވަސް ވޭޖެެއް ކަމަށް ޙަމްދާން ވިދާޅުވިއެވެ. އަދި ކުދި ވިޔަފާރިތަކުގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޛުކުރުމުގައި އެހެން ޤައުމުތަކުންވެސް ޢަމަލުކުރާ އުޞޫލުން ގަޑިއަކަށްޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުން، މިނިމަމް ވޭޖަށް ޢަމަލުކުރުމުގައި ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ ކަން ޙަމްދާން ފާހަގަކުރެއްވިއެވެ.
ޙަމްދާން އިތުރަށް ވިދާޅުވީ ޕްރައިވެޓް ސެކްޓަރަށް މިނިމަމް ވޭޖް ތަންފީޛުކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް (ބިޒްނަސް ކްލެސިފިކޭޝަނަށް) ބަލައި ތަފާތުކުރެވިގެން ކަމަށެވެ. މިގޮތުން އެންމެ ކުދި ނުވަތަ "މައިކްރޯ" ވިޔަފާރިތަކުގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް މިވަގުތަށް އެވިޔަފާރިތައް އިސްތިސްނާކުރެވިފައި ވާނެކަން ޙަމްދާން ވަނީ ފާހަގަކުރަށްވާފައެވެ.

މިނިމަމް ވޭޖަކީ ގަޑިއިރަކަށް ޖެހޭ ޢަދަދެއްގެ ގޮތުގައި ހިސާބުކުރުމުން، ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ޕާޓް ޓައިމް އަދި ސަރވިސް ކޮންޓްރެކްޓް ތަކުގެ ދަށުން ނަގާފައިވާ މުވައްޒަފުންވެސް މިނިމަމް ވޭޖު ތެރޭގައި ހިމެނުމަށް ފަސޭހަވާނެ.
— Hamdhan (@Ahmed_hamdhan) November 8, 2021
ޙަމްދާން އިތުރަށް ވިދާޅުވީ ޕްރައިވެޓް ސެކްޓަރަށް މިނިމަމް ވޭޖް ތަންފީޛުކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް (ބިޒްނަސް ކްލެސިފިކޭޝަނަށް) ބަލައި ތަފާތުކުރެވިގެން ކަމަށެވެ. މިގޮތުން އެންމެ ކުދި ނުވަތަ "މައިކްރޯ" ވިޔަފާރިތަކުގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް މިވަގުތަށް އެވިޔަފާރިތައް އިސްތިސްނާކުރެވިފައި ވާނެކަން ޙަމްދާން ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު