މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ލޭގެ ޓެސްޓު ހެދުމުގެ ޚިދުމަތް ދިނުން މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ މެޝިންތަކަށް މައްސަލަ ދިމާވެފައިވަނީ އިއްޔެ ކަމަށެވެ. އަދި މިއީ ޓެކްނިކަލް މައްސަލައެއް ކަމަށާއި މި ޓެކްނިކަލް މައްސަލަ ދިމާވެފައިވަނީ އައިޖީއެމްއެޗްގެ ލެބޯރޓަރީގައި ހުރި އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށްކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ. އެހެންކަމުން ލޭގެ ޓެސްޓު ހެދުމުގެ ޚިދުމަތް ދިނުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ މެޝިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން އެ ހޮސްޕިޓަލުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެން ހޮސްޕިޓަލުތަކުން އެ ހޮސްޕިޓަލަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ވަނީ ހުއްޓާލާފައިވާ ކަމަށެވެ.
އަދި މި މެޝިންތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެއިތުރުން، މެޝިނަށް މައްސަލަ ދިމާވެފައިވާތީ އިއްޔެ ޓެސްޓް ހެއްދުމަށް ސާމްޕަލް ނެގި މީހުންގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށާއި، އެހެންކަމުން ހޯމަ ދުވަހު އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހައްދަން ރިކުއެސްޓުކޮށް ސާމްޕަލް ދީފައިވާ ފަރާތްތަކަށް މެސެޖްގެ ޒަރީއާއިން މިކަމާބެހޭ މައުލޫމާތު ދާނީ ހިއްސާކުރަމުންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުން ލޭގެ ޓެސްޓް ހެދުން މެދުކެނޑުނު ނަމަވެސް ވިނަވި ޚިދުމަތް ފޯރުކޮށްދޭ ކޮނެމް ލެބޯޓްރީއަކުންވެސް ޓެސްޓް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އައިޖީއެމްއެޗްގެ ލޭގެ ޓެސްޓް ހަދާ މެޝިންތައް ހުއްޓުނީ ނުވަވަނަ ފަންގިފިލާގެ ސެންޓްރަލް އެއާކޯން ހަލާކުވެގެން ކަމަށެވެ. އެކަން އެހެން ދިމާވީ މަރާމާތު ނުކުރާތާ ގިނަ ދުވަސް ވުމުގެ ސަބަބުން ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. އެއާކޯން މައްސަލަ ޖެހިގެން ލެބޯޓްރީގެ ޓެމްރޭޗަރ މައްޗަށް ގޮސްގެން މެޝިންތައް ހުއްޓުނީ ކަމަށް އައިޖީއެމްއެޗްގެ ޓްވީޓަށް ޖަވާބުދިން މީހަކު ބުނެފައި ވެއެވެ.

Due to unforseen circumstances, we are not able to process the samples taken for today (8/11/21) and the tests need to be repeated.
— IGMH (@igmhmv) November 8, 2021
However , we would like to inform that the tests can be done in any of the Vinavi authorized centres. We apologise for the inconvenience caused. pic.twitter.com/BALzFKr78X
އައިޖީއެމްއެޗުން ބުނީ މެޝިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން އެ ހޮސްޕިޓަލުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެން ހޮސްޕިޓަލުތަކުން އެ ހޮސްޕިޓަލަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ވަނީ ހުއްޓާލާފައިވާ ކަމަށެވެ.
އަދި މި މެޝިންތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެއިތުރުން، މެޝިނަށް މައްސަލަ ދިމާވެފައިވާތީ އިއްޔެ ޓެސްޓް ހެއްދުމަށް ސާމްޕަލް ނެގި މީހުންގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށާއި، އެހެންކަމުން ހޯމަ ދުވަހު އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހައްދަން ރިކުއެސްޓުކޮށް ސާމްޕަލް ދީފައިވާ ފަރާތްތަކަށް މެސެޖްގެ ޒަރީއާއިން މިކަމާބެހޭ މައުލޫމާތު ދާނީ ހިއްސާކުރަމުންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުން ލޭގެ ޓެސްޓް ހެދުން މެދުކެނޑުނު ނަމަވެސް ވިނަވި ޚިދުމަތް ފޯރުކޮށްދޭ ކޮނެމް ލެބޯޓްރީއަކުންވެސް ޓެސްޓް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އައިޖީއެމްއެޗްގެ ލޭގެ ޓެސްޓް ހަދާ މެޝިންތައް ހުއްޓުނީ ނުވަވަނަ ފަންގިފިލާގެ ސެންޓްރަލް އެއާކޯން ހަލާކުވެގެން ކަމަށެވެ. އެކަން އެހެން ދިމާވީ މަރާމާތު ނުކުރާތާ ގިނަ ދުވަސް ވުމުގެ ސަބަބުން ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. އެއާކޯން މައްސަލަ ޖެހިގެން ލެބޯޓްރީގެ ޓެމްރޭޗަރ މައްޗަށް ގޮސްގެން މެޝިންތައް ހުއްޓުނީ ކަމަށް އައިޖީއެމްއެޗްގެ ޓްވީޓަށް ޖަވާބުދިން މީހަކު ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު