މުދަލުގެ އަގު މިހާރުވެސް ހުރީ ބޮޑުވާނެ ވަރަށް ބޮޑުވެފައި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ތަންފީޒު ކުރަން ފެށިނަމަވެސް މުދަލާއި ތަކެތީގެ އަގު މައްޗަށް އެރިޔަ ނުދީ އަންނަ އަހަރު ހިފެހެއްޓޭނެ ކަމަށް ދަޢުލަތުގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވަމުން އާއްޓޭ ވިދާޅުވީ ތަކެތީގެ އަގު މިވަގުތަށް އުފުލޭނެވަރަށް ވަނީ އުފުލިފައި ކަމަށެވެ. އަދި މިނިމަމްވޭޖް ތަންފީޒް ކުރުމުން އަންނަ އަހަރު މުދަލުގެ އަގު ނުއުފުލޭނެ ކަމަށާއި އަގު އުފުލިދާނެ ކަމަށް ސަރުކާރުން ކުރަންޖެހޭ މާބޮޑުކަމެއް ނެތްކަމަށްވެސް އާއްޓޭ ވިދާޅުވިއެވެ.
"ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޑޮލަރުގެ އަގު އިތުރަށް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުން." އާއްޓޭ ވިދާޅުވެފައިވެއެވެ.
ތަކެތީގެ އަގު އުފުލުމުގެ އިތުރުން މިނިމަމް ވޭޖާއެކު ދައުލަތުގެ ބަޖެޓަށްވެސް އެކަމުގެ ބުރަ އުފުލަންޖެހެއެވެ. އެގޮތުން މުސާރައަށް ކުރާ ހޭދަ އަންނަ އަހަރު 13 އިންސައްތަ އިތުރުވާނެއެވެ. ނަމަވެސް އާއްމު ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމާއެކު، ކުރާ ހޭދަ އިތުރުވެ، އޭގެސަބަބުން އިގްތިސާދަށް ފައިދާ ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކަށް މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އެކަމާ ގުޅިގެން އާއްޓޭ ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި ޢަދަދު މާ ކުޑަ ކަމަށެވެ.
"ފޫގަޅާފައި މިނިމަމްވޭޖް ހަމަޖެއްސީ މާކުޑަކޮށް." އާއްޓޭ ވިދާޅުވެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއެކު މުސާރައަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލުން ނުވަތަ އިންފްލޭޝަން މައްޗަށް ދިއުން ކުރުމުއްދަކަށް ހިނގާނެކަަމަށެވެ. ނަމަވެސް ދުވަސްކޮޅެއްވުމުން ތަކެތީގެ އަގުތައް ހަމައަކަށް އެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ.
މިނިމަމް ވޭޖާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބީ ސްޓަރަކްޗަރަލް ބަދަލެއް އަންނާނެކަމަށް އިޤްތިޞާދީ ވުޒާރާގެ ދިރާސާއިން ދައްކައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް މުސާރައިގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް މިދިރާސާގައި ބުނެއެވެ. މީގެއިތުރުން މުސާރައަށް އަންނަ ބަދަލާއެކު ވަޒީފާތަކަށް މީހުންގެ ޝައުގު އޮންނަ މިންވަރުވެސް އިތުރުވެ، ވަޒީފާގައި އުޅޭ މީހުންގެ އަދަދު އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު