ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމުގެ ގޮތުން "ސްޓާފް ޗެރިޓީ ރަން"ގެ ނަމުގައި ޚާއްޞަ ދުވުމެއް މިއަދު ބާއްވައިފިއެވެ.
މިއަދު ބޭއްވި މި ދުވުމުގައި ބައިވެރިވެފައިވަނީ ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުންނެވެ. އެގޮތުން މި ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މި އެހީގެ ދަށުން ޑެފް އެސޯސިއޭޝަނުން ވަނީ ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައެވެ. އަދި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ވަނީ ޖުމްލަ 30 ބިހޭވިއޮރަލް ތެރަޕިސްޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ކުރުމަށް ނިންމާފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" މެދުކެނޑުމަކަށް ފަހު އަލުން ފަށާފައި ވަނީ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭތީ ކަމަށެވެ. އަދި މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމަށްވާތީ މި ދުވަހުގެ މުނާސަބަތުގައި ޓިމް ވަނީ ބޭންކުގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރަށްވައިފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއަކީ އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ ކުންފުންޏަަކަށް ހެދުމަށް ކެނޑިނޭޅި ބުރަ މަސައްކަތް ކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށްވެސް ޓިމް ޝުކުރު އަދާކުރެއްވި އެވެ.
މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު