އަންނަ އަހަރަށް ކައުންސިލްތަކަށް ކަނޑައަޅާފައިވަނީ މާކުޑަ ބަޖެޓެއް ކަމަށާއި، އެ ބަޖެޓުން ކައުންސިލްގެ ޒިންމާތައް އަދާނުކުރެވޭނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފިއެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ތެރެއިން ފަސް ޕަސަންޓަށްވާ، 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ކައުންސިލްތަކަށް ބެހުމަށް ހިމަނާފަ އެވެ. އެއާއެކު، މިއަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެލްޖީއޭގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް ގާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާ މުއްދަތުގައި އެކަން ކުރެވޭނީ ކޮންމެ އަތޮޅު ކައުންސިލެއްގައި ސިވިލް އިންޖިނިއަރަކު ހުރެގެން ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީވުމަށް ސިވިލް އިންޖިނިއަރާއެކު ހަތަރު މުވައްޒަފުން ނެގުމަށް ބަޖެޓަށް 2.2 މިލިޔަން އިތުރު ކޮށްދިނުމަށް ވަނީ ހުށައަޅާފައެވެ.
އޭގެ އިތުރުން ދިހަ ރަށެއްގެ ކައުންސިލް އިދާރާތައް ހުރީ މަސައްކަތް ނުކުރެވޭ ޙާލަތުގައި ކަމަށްވާތީ 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން އެކަމަށް އިތުރު 30 މިލިޔަން ރުފިޔާ ހިމަނަން ޖެހޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް މާ ކުޑަކަމަށް އެލްޖީއޭއިން ބުނެފައިވާއިރު، މި ހިނގާ 2021 ގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް 2 ބިލިއަން ރުފިޔާ ބޮޑެވެ. މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 34.9 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ އާމްދަނީ އެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު