އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާލައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓް ބަހުސް މަރުހަލާގައި 70 މެންބަރުން ވަނީ ބަޖެޓަށް ބަހުސްކޮށް ކަންބޮޑުވުންތައް ޙިއްސާކޮށްފައެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓް ވަނީ ދީފައެވެ. 04 ދުވަހަށް ދެމިގެންދިޔަ ބަހުސްގައި ޖުމުލަ 16 ގަޑިއިރާއި 12 މިނިޓް ހޭދަ ވެފައިވާ ކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓް ބަހުސް ނިންމާލާފައިވާއިރު ބަޖެޓް ކޮމިޓީގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކޮމެޓީން ބަޖެޓް ދިރާސާކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ކޮންމެ މެންބަރަކަށް ދޭނެއެވެ. އަދި ބަހުސްގައި މެމްބަރުން ފާހަގަކުރައްވާ ކަންކަމަށް ޖަވާބުދާރީވާން މިނިސްޓަރަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ބަޖެޓް ބަހުސްގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ ދަރަނި ބޮޑު ވުމާއި، ބަޖެޓްގައި ހުށަހަޅާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ބަޖެޓްގައި ހިމަނާފައިވާ ގޮތަށް ތަންފީޒު ނުކުރެވިދާނެ މައްސަލައާ މެދުގައެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު