އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
ރިހެބިލިޓޭޝަން ސެންޓަރު ހިންގަން ދިވެހިންނަށް ނޭނގޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްްސާގައި ހަސަން ލަތީފް ވިދާޅުވީ، ބޭރު މީހުންނަށް ރާއްޖޭގައި ރިހެބް ސެންޓަރުތައް ހިންގޭނެ ގޮތަށް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންްގުޅޭ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަންް ޖެހޭ ކަމަށެވެ.

ޙަސަން ވިދާޅުވީ ކުރަން ނޭނގޭ ކަންތައްތައް އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި ކަމަށާއި، ރާއްްޖޭގައި އިންްސާނީ ވަސީލަތްތައް ހުރިގޮތުން ރިހެބިލިޓޭޝަން ސެންޓަރު ހިންގުމަކީ ދިވެހިންނަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރަން ދަތި، ކުރަން ނޭނގޭ ކަންތައްތައް އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި. އަޅުގަނޑު މި ދަންނަވާ އެހީގެ ވާހަކަ އަކީ ބޭރުގެ ފަރާތްތަކުން މި ތަނުގައި ރިހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ." ހަސަން ލަތީފްް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީއަށް 129 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. ދައުލަތުން މިފަދަ ބޮޑު ހޭދައެއް ކުރިއަސް މަސްތުވާތަކެތޫގެ ވަބާގައި ޖެހޭ މީހުންނާ ކުދިންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢަށް ނެރުމުގައި އެކަށީގެންވާ ކާމިޔާބެއް ހާސިލު ނުކުރެވޭ ކަމަށާއި އަދި އެކަމުގެ ނަތީޖާވެސް ނުފެންނަ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން