ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ގާބިލުކަމެއް ނެތް ކުންފުންޏެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔުތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ، ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ގާބިލްކަމެއް ނެތް ކުންފުންޏެއް ކަމަށެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނަށް ކުރެވިފައިވާ ކަމަކީ ޓުވީޓްކުރުން އެކަނި ކަމަށެވެ. މީގެއިތުރުން، މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފައިވާނީ ތިން މަސް ދުވަސް ތެރޭގައި އައުޓްޑޯ ޖިމްތަކެއް ގެނައުމަށްކަމަށެވެ. ނަމަވެސް މިހާތަނަށް ހަވާލުކުރެވުނު މި މަސައްކަތް ވެސް އެ ކޯޕަރޭޝަނަށް ނިންމުނީ އެއް އަހަރާއި ދެ މަސް ފަހުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި ގަލޮޅު ދަނޑު އިމާރާތުގައި އެ ކޯޕަރޭޝަނުން ތިބެނީ ގަދަކަމުން ކަމަށާއި، އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭނެ އޮފީހެއް ނެތް މި ދަނޑިވަޅުގައި އެއްވެސް ގާބިލުކަމެއް ނެތް ކުންފުންޏެއް މިނިސްޓްރީގެ އިމާރާތެއްގައި ތިބުން އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވެސް ހާޒިރުވެވަޑައިގެން އެވާހަކަ އެމޭރުމުން ހިއްސާ ކުރަށްވާފައެވެ. އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މަހުލޫފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު