އައްޑޫސިޓީ ހެރެތެރޭގައި ހިންގަމުންދާ ކެނެރީފް އައިލެންޑް ރިސޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.
ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުނިން ހިންގަމުން އައި ކެނެރީފް ރިސޯޓް ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ބަންދު ކުރުމާގުޅިގެން އައްޑޫ ގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. އޭރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ރިސޯޓު ހިންގުމުގައި ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭކަމަށެވެ.
ދާދިފަހުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ކެނެރީފް ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް ދީފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން ކެނެރީފް ރިސޯޓުން މިހާރު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ސީވީ ފޮނުވުމަށް އެ ރިސޯޓުން ވަނީ އެދިފައެވެ.
ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓަކީ 2007 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވި ރިސޯޓެކެވެ. ކެނެރީފްގެ އިތުރުން އައްޑޫ ސިޓީގެ ޝަންގްރިއްލާވެސް އޮތީ ބަންދުކޮށްފައެވެ. ކެނެރީފް ރިސޯޓް އަލުން ހުޅުވާއިރު ސްރީލަންކަންގެ ދަތުރުތައް ވެސް މިއަހަރު ފަހުކޮޅު އައްޑޫއަށް ފަށާނެކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ،

ކިޔުންތެރިންގެ ހިޔާލު